ads
މަފާޒް
ލޮލަށް ދިމާވި ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށް މަފާޒަށް އެހީވެދެއްވާ
އެންމެ ކުޑައިރުން ފެށިގެން ލޮލަށް ދިމާވި ނުރައްކާތެރި ބައްޔަކަށް އަމީނިއްޔާ ސުކޫލުގެ ގްރޭޑް 10 އެއްގައި ކިޔަވަމުންދާ މަފާޒު މައުސޫމް ދަނީ ފަރުވާ ހޯދަމުންނެވެ.
Advertisement

މި އަހަރު މި ފެށޭ ޖީސީ އޯލެވެލް އިމްތިހާން ހަދަންޖެހޭ  މަފާޒް އަށް އަދިވެސް ވަނީ ބައްޔަށް އެންމެ އެކަށޭނެ ފަރުވާ އެއް ނުލިބިފައެވެ. އިންޑިއާއިން ގިނަ ފަރުވާތަކެއް ހޯދުމަށްފަހު މިހާރު މަފާޒަށް ފަރުވާ ދެމެންގެންދަނީ ބެންކޮކްގައެވެ. 2023 ވަނަ އަހަރުންފެށިގެން ބެންކޮކްގަ މަފާޒުގެ ފަރުވާ ފަށާ މިހާރު ބަލީގެ އަސްލު ދެނެގެނެވިފައިވާއިރު، އާންމުންގެ އެހީއާއި އެކު ބެންކޮކަށް ގޮސް ކޮންމެ ހަމަހުން ހަމަހުން ނޫނީ ވަކި މުއްދަތަކަށް ބޭސް ދީފަ އަބުރާ މުއްދަތު ހަމަވާއިރަށް އައުމަށް ބުނެ ޑޮކްޓަރުންގެ ލަފާގެ މަތިން ދަނީ ފަރުވާ ކުރަމުންނެވެ. ކޮންމެފަހަރަކު އެ އާއިލާއިން މަފާޒް ގޮވައިގެން ބެންކޮކަށް ދަނީ ދަތުރު ކުރަމުންނެވެ. އެކަމަކު އަދިވެސް ފަރުވާގެ މުއްދަތު ހަމަނުވާތީ މަފާޒް ގެ އާއިލާއިން ތިބީ ކަންބޮޑުވުމެއްގައެވެ.

މަފާޒް އަކީ ބައްޕައަކާއި މަންމައެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އުފަންވީއްސުރެ ބައްޔެވެ. އޭރުއްސުރެ ކުއްޖާގެ ތަފާތުކަން އެނގެއެވެ. އެކިފަހަރުމަތިން ޑޮކްޓަރަށް ދެއްކުނު ކަމަށާއި، އެކަމަކު ބަލީގެ އަސްލު ދެނެގެނެވުނީ މާފަހުން ކަމަށް މަފާޒްގެ ބައްޕަ ކަނޑުހުޅުދޫ/ ހަނދުވަރުދޭގޭ، މައުސޫމް ވަނީ ކިޔާދީފައެވެ.

your imageމަފާޒަށް ޑޮކްޓަރު ދީފަ އިން ލިޔުން

ރާއްޖެއިން ފަރުވާ ނުލިބޭ ބައްޔަށް މަފާޒް ހުށަހެޅުނުކަން އެގުނު ހިސާބުން ގޮތް ހުސްވެ މާޔޫސްވެފައިތިބި މަފާޒްގެ މަންމައާއި ބައްޕަ އެތަކެއް ގުރުބާންތަކަށްފަހު ފަރުވާ އަވަސްކުރެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

މަފާޒްގެ ބައްޔަކީ (ކެރެޓޯކޮންޖެކްޓިވައިސް) އާންމު ބަހުން ކެރެޓް ކޯނިއާއެވެ. މަފާޒަށް ފަރުވާ ދެމުންދަނީ ބެންކޮކޮގެ ބުމަރަންގާޑް ހޮސްޕިޓަލުގައެވެ.

މަފާޒް ގެ ބައްޕަ މައުސޫމް "ސީއެންއެމް" އަށް ބުނީ މިއަރު ގްރޭޑް 10 އެއްގައި ކިޔަވަމުންދާ މަފާޒް ލޯ މިހާރު ކުރިއަށްވުރެ ރަނގަޅު ކަމަށާއި، އަދި ކުރިއަށްވުރެ ކުއްޖާގެ ސިއްހަތުވެސް ރަނގަޅު ކަމަށެވެ. ނަމަވެސް ފަރުވާގެ މުއްދަތުގައި ނުދެވިއްޖެނަމަ ވަރަށްބޮޑަށް އިންފެކްޝަން އުފެދި އަނެއްކާވެސް ލޯ މިހާރަށް ވުރެ ގޯސް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ގުޅޭނެ ފޯނު ނަންބަރު: 7798697 (މައުސޫމް ހަސަން)

އެކައުންޓް ނަންބަރު: ބީއެމްއެލް - ދިވެހި ރުފިޔާ އެކައުންޓް - ( މައުސޫމް ހަސަން ) 7712216293101

އެކައުންޓް ނަންބަރު: ބީއެމްއެލް - ޑޮލަރު އެކައުންޓް - (މައުސޫމް ހަސަން )7730000435922

މަފާޒަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް