ads
ފޮޓޯ: ދިރާގު
އާ އަހަރު ފާހަގަ ކުރަން ހުޅުމާލޭގައި ފެސްޓިވަލެއް، މާދަމާ ރޭ ޑްރޯން ޝޯއާ ހަވާ އަރުވަނީ
މިއަހަރުގެ ފަތުރުވެރިކަމުގެ ކާމިޔާބީތައް ފާހަގަކުރުމަށާއި އާ އަހަރަށް މަރުހަބާ ކިޔުމުމަށް ބާއްވާ މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް 3 ދުވަހަށް ކުރިއަށް ގެންދަން ސަރުކާރުން ނިންމައިފި އެވެ.
Advertisement

ވިޒިޓް މޯލްޑިވްސް އިން އިސްނަގައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް"ގައި ކުޑަކުދިންނާއި ޒުވާނުންނަށް އަދި އާއިލާތަކަށް ކަމުދާނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ މި ފެސްޓިވަލް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ފެސްޓިވަލް މިއަދު ހަވީރު ފެށޭއިރު، އަންނަ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހަކު 16:00 އިން 18:00 އަށް އަދި 20:00 އިން 00:00 އަށް ކުރިއަށްދާނެ ކަމަށް ޝިއުރީ ވިދާޅުވި އެވެ.

މީގެ އިތުރުން މާދަމާ ރޭ 00:00 ގައި ހަވާ އެރުވުން ވެސް އޮންނާނެ ކަމަށް ޝިއުރީ ވަނީ ވިދާޅުވެފަ އެވެ.

މިއަހަރުގެ މި ފެސްޓިވަލަކީ ފަތުރުވެރިކަމުގެ ކާމިޔާބީތަކުގެ ތެރެއިން އެންމެ ބޮޑެތި ހިއްސާދާރުން ކަމުގައިވާ ފަތުރުވެރިކަމުގެ މަސައްކަތްތެރިންނާއި، އިންޑަސްޓްރީ ޕާޓްނަރުންނާއި، ލޯކަލް ކޮމިއުނިޓީތަކުގެ އަގު ގައުމީ ފެންވަރުފައި ފާހަގަކުރުމަށް ބާއްވާ ފެސްޓިވަލެއް ކަމަށް ވިސިޓް މޯލްޑިވްސްއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް