ads
ސަހީދު އަލީ ސްކޫލް އިމާރާތުގެ މަސައްކަތް ކުރިޔަށް ދަނީ
ސަަހީދު އަލީ ސްކޫލް ވަށައިގެން އޮންނަ މަގުތައް އެއްކޮޅަށް ދުއްވޭގޮތް ހަދައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ޝަހީދު އަލީ ސްކޫލް ވަށައިގެން އޮންނަ (ބެރެބެދިމާ ހިނގުން ގޯޅި 1 އަދި 2) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފި އެވެ.
Advertisement

މި ބަދަލު ގެނައީ، ޝަހީދު އަލީ ސްކޫލުގެ މަސައްކަތް ނިމި، ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލް ހުޅުވުމުގެ ކުރިން، އެ ސްކޫލަށް ދެވޭގޮތަށް އޮންނަ ދެ ގޯޅި (ބެރެބެދިމާ ހިނގުން ގޯޅި 1 އަދި 2) ގެ ޓްރެފިކް ބާރުބޮޑުވުން ހައްލުކުރުމަށާއި، އެ ސަރަހައްދަކީ ސްކޫލު ކުދިން ހިނގާބިނގާވެ އުޅުމަށް ރައްކާތެރި ސަރަހައްދަކަށް ހެދުމަށްޓަކަ ކަމަށް އެޗްޑީސީން ބުނެ އެވެ.

your imageޓްރެފިކް ފޯލް އިންނާނެ ގޮތް

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމުގަ އެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ ޝަހީދު އަލީ ސްކޫލުގެ މަސައްކަތް ޑިސެމްބަރު މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ ވިދާޅުވެފައި އެވެ. 

1500 ދަރިވަރުންގެ ޖާގައިގެ މި ސްކޫލްގައި 54 އޭސީކޮށްފައިވާ ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފް ދަނޑެއް ހިމެނެ އެވެ. މި ސްކޫލަށް ނަން ދީފައި ވަނީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ސުލްޠާން ޢަލީ (ހަވަނަ) އަލީ ރަސްގެފާނަށް ނިސްބަތްކޮށެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އާ ހަވާލުކޮށްގެންނެވެ.

ޝަހީދު އަލީ ސްކޫލަކީ މި ސަރުކާރުން އިއުލާނުކޮށް ތަރައްގީކުރަން ފެށި ފުރަތަމަ ސްކޫލް އެވެ. މި މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް