ads
ހިރިމަރަދޫ މަތިން ނަގާފައިވާ ފޮޓޯއެއް:- ފޮޓޯ: ޒުވާން މަސްވެރިޔާ
ދެން ހިރިމަރަދޫ މީހުން ވޯޓު ލާން ޖެހޭނީ ހަނިމާދޫ ކައުންސިލަށް!
ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ، ކައުންސިލް އިންތިހާބުގައި އެ ރަށު މީހުން ހަނިމާދޫ ކައުންސިލަށް ވޯޓު ލާން ޖެހޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ގަރާރެއް ނެރުއްވައިފި އެވެ.
Advertisement

ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކުރަން ސަރުކާރުން ނިންމީ އެ ރަށުގެ މީހުންގެ ފަރާތުން ކައުންސިލުން އެ ކަމަށް ސަރުކާރުގައި އެދުމުންނެވެ.

ކައުންސިލުން އެދުނީ، އިންޓަނޭޝަނަލް އެއާޕޯޓަކާއެކު އުމްރާނީ ތަރައްގީގައި ކުރިއެރުންތަކެއް ހޯދަމުންދާ ހަނިމާދޫއަށް ނޫނީ ވެރިރަށް މާލެ ކައިރީ ރަށަކަށް ބަދަލުކުރުމަށެވެ. އެ ގޮތުން މާލެ ހިމެނޭ ކ. އަތޮޅުގެ ވެރިރަށް ތުލުސްދުއަށް ބަދަލުކުރަން މަޝްވަރާ ވެސް ކުރި އެވެ.

ދިރިއުޅޭ އާބާދީގައި 300 ހަމަނުވާ ހިރަމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ.

ގަރާރަކުން ހިރިމަރަދޫ ކައުންސިލް އުވާލީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) މިއަދު ވަނީ ވިދާޅުވެފަ އެވެ.

ގަޕޯ ވިދާޅުވީ ހިރިމަރަދޫ ކައުންސިލް އުވާލަން ސަރުކާރުން ނިންމީ އަންނަ އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހދ. ހަނިމާދޫއިން ސަރުކާރު ހިންގާ ޕީއެންސީއަށް މެޖޯރިޓީ ނުލިބޭނެތީ ކަމަށެވެ.

ބަޔަކު ރަށެއްގައި ދިރިއުޅެމުން ދަނިކޮށް އެ ރައްޔިތުން ދިރިއުޅޭނެ ތަނެއް ނާޅައި އެ ރައްޔިތުން ރަށަކަށް ބަދަލުކުރުމަކީ އެއްވެސް ގާނޫނަކުން ރައީސްއަށް ލިބިދޭ ބާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް