ހިޔާވެހި ފައިނޭންސިން ސްކީމަކީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އިމާރާތް ނުކުރެވި ތިބި މީހުންނަށް %5 އިންޓްރެސްޓުގައި ލޯނު ދޫކުރުމުގެ ވައުދުގެ ދަށުން ލޯނު ދޫކުރުމަށް ކުރިއަށް ގެންދާ ސްކީމެކެވެ.
ލޯނު ދޫކުރާ ތިން ކެޓަގަރީ:
ރަށްވެހި: އަތޮޅުތަކުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް (އިކުއިޓީ ބަހައްޓާކަށް ނުޖެހޭނެ)
ސަހަރު: އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 3 މިލިއަން ރުފިޔާއާ ހަމައަށް (%5 އާއި %10 ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
ފަހިމާލެ - މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް (%5 އާއި %10 ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
މިނިސްޓްރީން މިއަދު ސޯޝަލް މީީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް ދެވޭ ޕްރޮފިޓް ރޭޓު ކުޑަ އަދި އިކުއިޓީ ކުޑަ ލޯނުތަކަށް އެދުނު އެޕްލިކޭޝަންތަކުގެ ތެރެއިން މިހާތަނަށް 909 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށެވެ.
ރައީސް ވަނީ، ހިޔާވެހި ސްކީމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވަނީ މި ދަައުރުގައި، 18 އަހަރުން މަތީގެ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.