ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގައި އީ ގޭޓްގެ ޚިދުމަތް ފެށުން: ދިވެހީންނަށް ޚާއްސަކޮށް ފެށި މި ހިދުމަތް ދިނުމަށް 10 ގޭޓް ވަނީ ބަހައްޓައިފައި - ފޮޓޯ: އިމިގްރޭޝަން
އާ ޓާމިނަލްގައި އީ-ގޭޓުގެ ހިދުމަތް ދިވެހީންނަށް ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޒަމާނީ ފެންވަރަކަށް ހަދައި, މިދިޔަ ޖުލައި މަހު ބޭނުން ކުރަން ފެށި އާ ޓާމިނަލް އެކެއްގައި ދިވެހީންނަށް އީ ގޭޓްގެ ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

އެ އީ ގޭޓުތައް ހުޅުއްވައި ދެއްވީ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު އެވެ.

ކިއުގައި ޖެހިގެން ތިބޭ ވަގުތު ކުޑަކުރުމުގެ ގޮތުން އާ ޓާމިނަލްގައި 20 އީގޭޓު ހަރުކުރަން ވަނީ ނިންމައިފަ އެވެ. އެރައިވަލް އާއި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލެއްގައި 10 އީގޭޓު ހަރުކުރާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އެހެން އެއާޕޯޓުތަކުގައި ވެސް އީ ގޭޓުގެ ހިދުމަތް ދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އީގޭޓެއް ގާއިމުކުރީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ހިދުމަތް އާ ޓާމިނަލްގައި މި ފެށީ މިއަދެވެ.

އީ ގޭޓް ބޭނުން ކުރަން ޖެހޭނީ އީގެޓް ކައިރިއަށް ދިޔުމަށްފަހު ބޯޑިން ޕާހުގެ ބާކޯޑު ޖައްސައިލާށެވެ. ޕާސް ރީޑުކުރި ކަމުގެ ހެޔޮ ފާހަގަ ސްކްރީނަށް އެރުމުން ބޯޑިން ފާސް ނަގާނީ އެވެ.

އެއަށްފަހު ދެން ޖެހޭނީ ޕާސްޕޯޓުގެ ބަޔޯ ޑާޓާ ޕޭޖް ސްކްރީނުގައި ޖައްސާލާށެވެ. އެންމެ ފަހު ކަމަކަށް ޕާސްޕޯޓާ ހަވާލުވި ވަގުތު ވެރިފިކޭޝަން ނަގާފައިވާ އިނގިލި ފިންގަ ޕްރިންޓު ރީޑުގައި ޖައްސާލުމުން ގޭޓު ހުޅުވޭނެ އެވެ.

މި ހިދުމަތާއެކު ދަތުރުކުރާ ފަސިންޖަރުންނަށް ހިދުމަތް ހޯދުމަތް ފަސޭހަ ވެގެން ދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި ހިދުމަތް ފެށިީ ހަމައެކަނި ދިވެހިންނަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް