އެމްއޭސީއެލުން މިއަދު ބުނީ، ހުރިހާ އެއާލައިންތަކެއް އަާ ޓާމިނަލަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފަހުން ބަދަލުކޮށްފައިވަނީ ޓާކިޝް އެއާލައިންސް އެވެ. މިއާއެކު މިހާރު ރާއްޖެއަށް ދަތުރުކުރާ 41 އެއާލައިންގެ އޮޕަރޭޝަންތައް ވަނީ އާ ޓަރމިނަލަށް ބަދަލުކުރެވިފަ އެވެ.
އާ ޓާމިނަލުން ޓާކިލް އެއާލައިންސަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
މި ރަސްމިއްޔާތުގައި އެ އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޓާކިލް އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް ވެސް އަރުވާފައިވެ އެވެ.
ހުރިހާ އެއާލަރިންތަކުގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރެވިގެންދިއުމާއެކު ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ބައިނަލްއަގުވާމީ އެއާޕޯޓުތަކުން ދޭ ހިދުމަތްތަކާ އެއްފެންވަރުގެ ހިދުމަތެއް ފޯރުކޮށްދެވިގެންދާ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.