ads
ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކުރައްވަނީ
ކުޅުދުއްފުށީ ކައުންސިލް "ސްމާޓް ކައުންސިލް" އަކަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ކުޅުދުއްފުށީ ކައުންސިލް "ސްމާޓް" ކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ނިންމައިފި އެވެ.
Advertisement

ޒަމާނީ ފެންވަރަށް ތަރައްގީކޮށް ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތައް "ސްމާރޓް ކައުންސިލް" އަކަށް ހެދުމަށްޓަކައި އެކައުންސިލްގެ 2026 ވަނަ އަހަރުގެ ބަޖެޓުގައި ފަސް މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ކުރިއަށް އޮތް 5 އަހަރުގެ ތަރައްގީގެ ޕްލޭންގައި ހިމަނައިގެން ކުރަމުން އަންނަ މި މަސައްކަތަށް ބޮޑު ހޭދައެއް ކުރުމަށް, އެ ކައުންސިލުން ނިންމާފައިވާއިރު މި މަސައްކަތުގެ ދަށުން ހިދުމަތްދޭން ފަށާފައިވާ އެ ކައުންސިލްގެ ކުންބުޓި ޕޯޓަލް އިތުރަށް ތަރައްގީކޮށް, ސިޓީ ކައުންސިލުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއަށް ބަދަލުކުރުމާއި، ކައުންސިލް ހިންގުމުގެ އިންތިޒާމުތައް ޒަމާނީކޮށް، ކަރުދާހާ ނުލައި ހިންގުމާއި ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. 

ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ މި ބަޖެޓުގައި ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ސަރވަރ އަދި ބެކަޕް ސޮފްޓްވެއާ ސަޕްލައިކުރުމާއި، ކޮމިއުނިކޭޝަން ސެކްޝަނަށް ބޭނުންވާ ސޮފްޓްވެއާ ހޯދުމާއީ، ކައުންސިލް ވެބްސައިޓް ރިޑިޒައިން ކުރުމުގެ އިތުރުން ކޮމިއުނިކޭޝަން ސެކްޝަނަށް ބޭނުންވާ ސޮފްޓްވެއާ ހޯދުން ފަދަ ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވެ އެވެ.

ދައުލަތުގެ އިދާރާތަކުން މިހާރުވެސް ފޯރުކޮށްދެއްވަމުން އަންނަ ގިނަ ހިދުމަތްތައް އޮންލައިންކޮށް މިހާރުވެސް ކުރެވެން ހުންނައިރު ކުޅުދުއްފުށީ ކައުންސިލް "ސްމާޓް ކައުންސިލް" އަކަށް ވެގެން ދިއުމަކީ ރާއްޖޭގައި އޮތް އެހެން ކައުންސިލްތަކަށް އޮތް ނަމޫނާ އެއްކަމުގައި ވެގެންދާނެ އެވެ. 

ފާހަގަކުރެވޭ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރު "މޯލްޑިވްސް 2.0"ގެ ދަށުން ސަރުކާރުގެ ހުރިހާ އިދާރާތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

"މޯލްޑިވްސް 2.0" އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސުލްޖުމްހޫރިއްޔާގެ ގައުމީ ތަސައްވުރެވެ. އެއީ ސަރުކާރުން ހިދުމަތްކުރާ ގޮތާއި، އިގްތިސޯދު ކުރިއަރަމުންދާ ގޮތާއި، އާންމު ހިދުމަތާއި، ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެކެވެ.

ޑިޖިޓަލައިޒް ރާއްޖެއަކަށް މިސްރާބު ޖެހުމަށްޓަކައި އެ ތަސައްވުރުގެ ދަށުން ވަނީ އަށް ލަނޑުދަނޑިއެއް ވެސް ކަނޑައަޅައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް