މި ދަތުރުތުގެ ޓިކެޓު ވިއްކަން އެ އެއާލައިނުން މިހާރު ވަނީ ފަށާފަ އެވެ. މި ދަތުރުތަކުގެ ދެކޮޅު ޓިކެޓް ފެއާ ރޭޓް ފެށެނީ 399 ޑޮލަރުންނެވެ. މި ދަތުރުތަކަށް 30 ކިލޯގެ ބެގޭޖް އެލަވަންސް ލިބެ އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަނުން މީގެ ކުރިން ޑާކާއަށް ދަތުރުކުރި އެވެ. މާލެ އިން ޑާކާ އިން މޯލްޑިވިއަނުން ދަތުރުތައް ކުރުމަށް ބޭނުން ކުރަނީ އެ އެއާލައިންގެ އޭ320 މަރުކާގެ މަތިންދާ ބޯޓެވެ.
ބަންގްލަދޭޝްގެ ޑާކާއަކީ ވިޔަފާރިއާއި، ކުރު ޒިޔާރަތްތަކުގެ އިތުރުން ސަރަހައްދީ އެހެން މަންޒިލްތަކަށް ދަތުރުކުރުމަށް ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.