ads
ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު - ފޮޓޯ/ އެމްއެންޔޫ
ކަރުބެދޭހެން ޓައި އެޅުވުން އެއީ ދަރިވަރުންނައް ދޭ އަނިޔާއެއް: ޑރ. ހަސަން
ދަރިވަރުންގެ ޔުނިފޯމުތަކުގައި ކަރު ބެދޭހެން ޓައީއާއި ކޯޓު ފަޓުލޫނު ލާން ޖެހޭ ގޮތް ހެދުމަކީ ދަރިވަރުންނަށް ދެވޭ އަނިޔާއެއް ކަމަށް، ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެއެވެ.
Advertisement

ހާމިދު މިހެން ވިދާޅުވެފައިވަނީ އެޑިއުކޭޝަން މިނިިސްޓްރީން ސްކޫލް ކުދިންގެ ޔުނިފޯމް އާއި ގުޅޭ ގަވައިދަށް ގެނައި ބަދަލުތަކަށް އިސާރާތް ކުރައްވާ އޭނާގެ އަމިއްލަ ބްލޮގުގައި ކުރެއްވި ޕޯސްޓެއްގައި އެވެ. 

އޭނާ ވިދާޅުވީ ކަރު ބެދޭ ގޮތަށް ޓައީ އެޅުމާއި ހެދުމުގެ މަތިން ކޯޓުލުމަކީ ބޭރު ގައުމުތަކުގެ ފިނި ހިސާބުގައި ހެދުން އަޅާ ގޮތް ކަމަށާއި ޔަގީނުން ވެސް މާޔޫސްވާނޭ އުއްމީދުތަކެއް އުދަވާގޮތަށް، ކުޑަކުދީންނާ މެދު އަމަލުކުރުމަކީ އެކުދީންނަށް ދެވޭ އަނިޔާ ކަމުގައި އެވެ. 

އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މިހާރު އަމަލާ ކުރާ ގާނޫނުގެ ދަށުން އަރަބިއްޔާ ސްކޫލް އެކަނި އިސްތިސްނާ ވުމުގެ ސަބަބުން ކުރިޔަށް އޮތްތަނުގައި އަދި އިތުރު ސްކޫލުތަކުންވެސް އަމިއްލަ ޔުނީފޯމް އެއް ބޭނުން ކުރަން ނުވަތަ މި އުސޫލުން އިސްތިސްނާ ވުމަށް އެދުން އެކަށީގެންވާ ކަމުގައި އެވެ. 

your imageސްކޫލު ޔުނިފޯމަށް ގެނެސްފައިވާ ބަދަލުތައް.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ހަސަން އޭނާގެ ބްލޮގުގައި ލިޔުއްވި ގޮތުގައި ވޭތުވެދިޔަ ދެތިން އަހަރު ތައުލީމަށް އައިސްފައިވާ އެންމެ ބޮޑު ކުރިއެރުމެއް އައީ ސްކޫލުތަކުގެ ޔުނިފޯމަށެވެ. 

އަނެއް ކަމަކީ އާ އު ޔުނިފޯމުގެ އެއް ބޭނުމަކީ އަގުހެޔޮކޮށް ފަސޭހައިން ޔުނިފޯމު ލިބޭނޭ ގޮތް ހަމަޖެއްސުން ކަމަށް ގަވާއިދުގައި ވިޔަސް ޓައީއެއް އަޅާނަމަ، އަދި ޓައީގައި މަދަރުސާގެ ބެޖު ޖަހާ ނަމަ، ޓައި ނޭޅުމަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑުވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.  

ކުޑަކުދިންނަކީ ވަރަށް އަވަހަށް ބޮޑުވާ ބައެއް ކަމަށާއި އާންމުކޮށް ކުދީންނަށް މަދުވެގެން ތިން ޔުނިފޯމު އަހަރަކު ބޭނުންވާ ކަމަށާއި އެހެންވެ، އެންމެ ދަށް މުސާރަ ލިބޭ މީހަކަށް ވެސް އަސާސީ ހަރަދުތައް ކޮށްފައި ދަރިންނަށް ތިން މަހުން ޔުނިފޯމެއް ގަނެވޭހާ އޭގެ އަގު ހެޔޮވާން ޖެހޭނެކަމަށް ހަސަން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް