މެލޭޝިއާ އާއި ތައިލެންޑާއި ސިންގަޕޫރާއި އިންޑޮނީޝިއާ އާއި ވިއެޓްނާމް ފަދަ ގައުމުތަކުގައި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ގްލޯބަލް ނެޓްވޯކް މި އަހަރު ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކޮންފެރެންސް ބާއްވަން ނިންމާފައިވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި އެވެ.
މި ކޮންފެރެންސް ބާއްވަން ނިންމާފައިވަނީ މެއި މަހުގެ 15-16 އަށް ކަމަށް މައުލޫމާތު ލިބެ އެވެ.
މި ކޮންފެރެންސްގެ ނިންމުން ރަސްމީޔާތު ބާއްވަން ހަމަޖައްސާފައި ވަނީ ކްރޮސްރޯޑްސްގަ އެވެ.
މި ކޮންފެރެންސް ކުރިޔަށް ގެންދާނީ ޔޫއެންގެ ބަހުސްތަކާއި މަޝްވަރާތައް އަދި ގަރާރުތައް ކުރިއަށް ގެންދާ ގޮތުގެ ނަމޫނާއާ އެއްގޮތަށް ކަމަށް މައުލޫމާތު ލިބެ އެވެ.
މި ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
އެހެން ގައުތަކުގެ ދަރިވަރުންނަށް ވެސް ފުރުސަތު ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ މި ކޮންފަރެންސްގައި ދިވެހި 50 ދަރިވަރަކަށް ފުރުސަތު ލިބޭނެ އެވެ. އޭޝިއާގެ ގިނަ ގައުމުތަކުގައި މިހާތަނަށް އެ ކޮންފަރެންސް ވަނީ ބާއްވާފައި އެވެ.
އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދު ކުދިންނަށް ޑައބްލިޔުއެޗްއޯގެ ކައުންސިލްގައި ބައިވެރިވެވޭއިރު އެ ކުދިންނަށް ދީފައިވާ މައުލޫއަކީ އާންމު ތަންތަނުގައި ގައިންގަޔަށް އަރާ ބަލިތައް ފެތުރުން ހުއްޓުވުމެވެ.
އަދި އުމުރުން 15 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް ޔޫއެންޑީޕީގެ ކޮންފަރެންސްގައި ބައިވެރިވެވޭއިރު އެ މީހުންނަށް ކަނޑައަޅާފައި ވަނީ "ތިމާވެއްޓާ ރައްޓެހި (ފެހި) އިގްތިސާދަކަށް ބަދަލުވުމުގައި، އޮމާންކަމާއި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ކަށަވަރުކުރުން" މައުޟޫ އެވެ.