ads
މަގުތަށް ހެދުމާއި ކާނުތައް ސާފު ކުރުމުގެ ތެރެއިން
މާލެއިން 33002 ކާނު ސާފުކޮށް، 464 މަގު މަރާމާތު ކޮށްފި
މާލޭގެ މަގު ތަކުގެ ކާނު ސާފު ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 2024 ވަނަ އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 235 މަގެއްގެ، 33002 ކާނު ސާފުކޮށް، 464 މަގު މަރާމާތުކޮށްފި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
Advertisement

 މި 235 މަގުން މި މުއްދަތުގެ ތެރޭގައި 2597 ޓަނޭޖެގެ ވެއްޔާއި ކިސަޑާއެކު ކުނިބުނި ވަނީ ނެގިފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ. 

"ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް، އަމާން، ފަސޭހަ، ރައްކާތެރި މަގުތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތެއް މިހާރު ވެސް ކުރަމުން އަންނަނީ" މޭޔަރު އާޒިމް ވިދާޅުވި އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، ގޯޅިތަކުގެ އަސާސީ ކަންކަން ރަނގަޅުކޮށް، ފެން ހިންދާ ނިޒާމާއި މަގުމަތީގެ ބައްތިތައް ހަރުކުރުން ފަދަ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ. 

މަގުތަކާއި ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފަސޭހަ ކޮށްދެއްވުމަށް، އެ މަގާއި އެގޯޅިތައް ތަރައްގީ ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ. 

އަދި ބައެއް ގޯޅިތަކާއި މަގުތައް ހަލާކުވެ، އެތައް އަހަރުތަކެއް ވަންދެން މަރާމާތު ނުކުރެވި އޮތުމުގެ ސަބަބުން އެ ގޯޅިތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް މޭޔަރު އާޒިމް ފާހަގަ ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;