ads
ފިލްމީތަރި ނިމާލް
ފިލްމީ ތަރި ނިމާލް އިތުރު ފަރުވާއަށް ބޭރަށް ގެންދަނީ
ސްޓްރޯކެއް ޖެހިގެން ހާލު ދެރަވެ އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަހުމަދު ނިމާލް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިންނެވެ.

އެމްއެސްޕީއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި، ޑޮކްޓަރުންގެ ލަފަޔާ އެކު ނިމާލް ބޭރަށް ގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. ނިމާލަށް ސްޓްރޯކެއް ޖެހިފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ނަމަވެސް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައެވެ. އާއިލާއިން ބުނި ގޮތުގައި ނިމާލްގެ ހާލު މިހާރު އަންނަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވަމުންނެވެ. ނިމާލް އަކީ ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްފައިވާ ހުނަރުވެރި ފަންނާނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;