ads
އައިނު ފިހާރައަކުން މީހަކު އައިނެއް ޗެކްކުރަނީ
ބުރާސްފަތިން ފެށިގެން އަމިއްލަ ތަންތަނުން ހައްދާ އައިނުތަކަށް ވެސް އާސަންދަ ލިބޭނެ
ރައްޔިތުން އެދުނު ގޮތަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކްލިނިކްތަކުންނާއި، އައިނު ފިހާރަތަކުން ހަދާ އައިނުތަަކަށް އާސަންދަ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފި އެވެ.
Advertisement

މީގެ ކުރިން އޮންނަނީ ހޮސްޕިޓަލަކުން ޕްރިސްކްރިޕްޝަން ހަދައިގެންނޫނީ އާސަންދަ މެދުވެރިކޮށް އައިނު ނުހެއްދޭ ގޮތަށެވެ. މި މައްސަލާގައި މާލޭގައި އައިނު ފިހާރަ ހިންގާ ބައެއް ފަރާތްތަކުންވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ރައީސް ބޭއްވެވި ބައްދަލުވުމުގައި އައިނު ވިޔަފާރިކުރާ މީހަކު ބުނެފައިވަނީ ކްލިނިކުތަކުގައި އަދި އައިނު ފިހާރަތަކުގައި ތިބެނީ، ތައުލީމާއި ތަޖުރިބާ ލިބި، ރާއްޖޭގެ ކަމާ ގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ލައިސެންސްތަކާއި ހުއްދަތައް ނަގައިގެން މަސައްކަތްކުރާ އޮޕްޓޮމެޓްރިސްޓުން ކަމަށެވެ.  

އެންސްޕާއިން މިފަހުން ނެރުނު ބަޔާނެއްގައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުގައި ލިބިވަޑައިގެންނެވި ހިޔާލުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު، އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި އަމިއްލަ ވިޔަފާރިތަކުން ވިއްކާ އައިނުގެ އަގު ބޮޑުވުމުގެ ކަންބޮޑުވުންތައް އޮންނަތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. އައިނު ހައްދަން ލުޔެއް ދިނުމަށް ޓަކައި، މިދިޔަ ޖޫން މަހުން ފެށިގެން މި ސަރުކާރުން ވަނީ، ދެ އަހަރުން އެއް އަހަރު އައިނު ހައްދަން އާސަންދައިން ދޭ އެހީ 1،000 ރުފިޔާއިން 2،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

މީގެ އިތުން، ސަރުކާރު މައި ހޮސްޕިޓަލް, އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ، ހިލޭ އައިނު ހެއްދޭ ގޮތަށް އައިނު ފިހާރަތައް ހުޅުވައިފަ އެވެ.

އެހެންނަމަވެސް، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ވަންނާތީ އެކަމުގެ ކަންބޮޑުވުން ވެސް ބައެއް މީހުން ފާޅުކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް