ads
އޮންގް ބެންގް ސޮންގް--
ބިލިއަނަރު އޮންގް ހަދިޔާކުރި 15 ވެންޓިލޭޓަރު ރާއްޖެ ގެނެސްފި
ސިންގަޕޫރުގެ ބިލިއަނަރެއް ކަމަށްވާ އޮންގް ބެންގް ސޮންގް ރާއްޖެއަށް ހަދިޔާކުރި 15 ވެންޓިލޭޓަރު ރާއްޖެއަށް ގެނެސްފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮންގް ރާއްޖެއަށް ހަދިޔާކުރި 15 ވެންޓިލޭޓަރު ރާއްޖެ ގެނެސްފައިވާ ކަމަށައި މި މަހުގެ 13 ވަނަ ދުވަހު އޭނާގެ ފަރާތުން ހަދިޔާކުރާ 150،000 މާސްކް ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރު ރޭ ކުރެއްވި ޓްވީޓުގައި ވަނީ ސިންގަޕޫރްގެ ހިއަޕް ހުއަޓް ޕެއިންޓްސް ކޯޕަރޭޝަނުން ވެސް ރާއްޖެއަށް 5000 މާސްކް ހަދިޔާކޮށްފައިވާކަން ހާމަކުރައްވާފަ އެވެ.

ގައުމުތަކުން މި ދަނޑިވަޅުގައި ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ބޭރުގެ ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު ރާއްޖޭގައި ރިސޯޓު ހިންގާ ބޭރުގެ ކުންފުނިތަކުން ވެސް އަންނަނީ މިދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް