ads
އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީދުވަހުގެ ހަފްލާގެ ތެރެއިން
ކުދި ވިޔަފާރިތަކާއެކު ބައްދަލުވުންތައް ބާވަމުން ދާނަން: މިނިސްޓަރު ސައީދު
ވިޔަފާރިތަކުގެ އަޑު އެއްސެވުމަށް ޑައިލޮގް ގޮތަށް ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުން މުހިންމު ކަމަށް، އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވި ވިޔަފާރިތަކަށް ދެވޭ ހިދުމަތްތައް ހަރުދަނާ ކުރެވޭނީ ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދެކެވި ސީދާ މައްސަލަތައް ދެނެގަނެވިގެން ކަމަށެވެ.

އެހެންކަމުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު، ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ރައީސް ނިންމަވާފައިވާ ނިންމެވުމާއެކު، ކުދި ވިޔަފާރިތަކާއެކު ބައްދަލުވުންތަކެއް ބާއްވަމުން ގެންދަވާނެ ކަމަށް، ސައީދު ފާހަގަ ކުރެއްވި އެވެ. 

އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ޙަފްލާގައި ވަނީ 2025 ވަނަ އަހަރު އޮތެންޓިކް މޯލްޑިވްސްގެ ބެސްޓް ސެލާ އެވޯޑު 10 ފަރާތަކަށް ދީފައެވެ.

your imageއޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީދުވަހުގެ ހަފްލާގެ ތެރެއިން

ދިވެހިރާއްޖޭގެ އަމިއްލަވަންތަ އުފެއްދުންތައް އިޝްތިހާރުކޮށް، ވިއްކައި، އެއިން ދިވެހި އުފެއްދުންތެރިންނަށް ނަފާ ހޯދަދިނުމުގެ މަގްސަދުގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު "އޮތެންޓިކް މޯލްޑިވްސް"ގެ ނަމުގައި އިފްތިތާހު ކުރެވުނު ހާއްސަ ބްރޭޑްއަކީ ދިވެހި އުފެއްދުންތެރިންނަށް އާރޯކަމާ އުޖާލާކަން ގެނުވަދިން ހާއްސަ ބްރޭޑްއެއް ކަމަށް އެ ބްރޭޑުން ބުނެ އެވެ. 

2025 ވަނަ އަހަރު އޮތެންޓިކް މޯލްޑިވްސްއަށް ހާސިލްވި އެންމެ ބޮޑު އެއްކާމިޔާބީގެ ގޮތުގައި ފާހަގަކުރެވެނީ، އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓަރީ ވެފައިވާ ސަޕްލަޔަރުންނަށް ދުނިޔޭގެ މަޝްހޫރު އީކޮމާސް ޕްލެޓްފޯމް، އަލީބާބާގައި ތަކެތި ވިއްކުމުގެ ފުރުސަތު ފަހިކޮށްދެވުން ކަމަށް އެ ބްރޭޑުން ފާހަގަ ކުރު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް