ޑިސެމްބަރު 31 ވަނަ ދުވަހު، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއަކުން ފަސް މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ފަސް މީހުންގެ ތެރޭގައި ހިމެނެނީ ލަންކާ ދެ މީހުންނާ އިންޑިޔާ މީހަކާ ބަންގްލަދޭޝް މީހެއް އަދި ދިވެއްސެކެވެ،.
އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައިފާސްކުރިއިރު 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން
މި އެންމެން ވެސް ފުރަތަމަ ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު ވެސް ޖެހިއެވެ. އެކަމަކު ބަންދު މުއްދަތު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރުމުން ފުލުހުން އަމަލު ކުރި ގޮތުން، ލަންކާ ދެ މީހުން ކޯޓުން ވަނީ އެއްވެސް ޝަރުތެއް ނެތި މިނިވަންކޮށްފަ އެވެ.