ads
ދިރާގުން ދޭ ލޯންޗު -- ފޮޓޯ:ދިރާގު
ދިރާގުން ދޭ ފުރަތަމަ ލޯންޗު ލިބޭ ނަސީބުވެރިޔާ މި ހުކުރު ދުވަހު ހޮވަނީ
ދިރާގުން މިދިޔަ އަހަރު ފެށި އެންމެ ބޮޑު ޕްރޮމޯޝަން ކަމަށްވާ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް"ގެ ފުރަތަމަ ނަސީބުވެރިޔާގެ ގުރުއަތު ނެގުން އަންނަ ހުކުރު ދުވަހު އޮންނާނެ ކަމަަށް ދިރާގުން ބުނެފި އެވެ.
Advertisement

ދިރާގުން ބުނީ، ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓު ހޯދުމުގެ ފުރުސަތު ހަމަވިކަމުގައި ވިޔަސް، ދެވަނަ ސްޕީޑްބޯޓު ކާމިޔާބުކުރުމުގެ ފުރުސަތު އަންނަ މާރިޗު މަހުގެ ނިޔަލަށް އަދި އެބައޮތް ކަމަށް، ދިރާގުން ބުންޏެވެ.

އެގޮތުން ދިރާގުގެ މިހާރުގެ ކަސްޓަމަރުންނަށާއި އާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް މާރިޗު މަސް ނިމެންދެން ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް ކަމަށާއި،. މިއިން ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ދަނީ މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;