އެ ކައުންސިލުން ވަނީ މާލޭގެ މިސްކިތްތަކުގައި މަސައްކަތް ކުރާނެ މިސްކިތު އެސިސްޓެންޓްގެ ގޮތުގައި އަންހެނުންނާއި ފިރިހެނުން ހޯދަން އިއުލާންކޮށްފައެވެ.
މި މަގާމަށް ހޮވާ ފަރާތްތަކުގެ މުސާރައަކީ 7530 ރުފިޔާއެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 1935 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ ނަމާދަކަށް ވަކި އެލަވަންސެއް ލިބޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
މުސާރައިގެ އިތުރުން ލިބޭ އެލަވަންސް
މާލޭ ސިޓީ ކައުންސިލުން ބުނީ މި މަގާމަށް މީހުން ނަގާނީ އެއް އަހަރުދުވަހުގެ ކޮންޓްރެކްޓަށްކަމަށެވެ. އަދި ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހުކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
މަގާމަށް މީހުން ހޮވުމުގައި ބަލާކަންކަން
މާލޭ ސިޓީ ކައުންސިލުން ބުނީ މި މަގާމަށް އެދި ހުށަހަޅަން ޖެހޭނީ މިމަހުގެ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މާލޭސިޓީ ހޯލްގައި ހުންނަ އެ އިދާރައިގެ އެޗް.އާރު ސެކްޝަނަށްކަމަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަންނާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. މި މަޤާމަށް އީ-މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް ފޯމެއް ބަލައި ނުގަންނާނެކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.