ads
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް: އެމަނިކުފާނު މިއަދު ވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފަ - ފޮޓޯ: މަޖިލިސް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަޙީމް އިންޑިއާއަށް
ރައްޔިތުންގެ މަޖިލީހުގެ ރަައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ޢަބްދުއްރަޙީމް ފުރާވަޑައިގަތީ ކޮމަންވެލްތު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 18 ގަ އެވެ.

އަބްދުއްރަޙީމް ވަނީ މިދިޔަ ފެބްރުވަރީ މަހު ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އެއީ، އިންޑިއާގެ ލޮކް ސަބާގެ ރައީސް އޯމް ބިރުލާއާއި ގައުމުގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއާމަން ޖަގްދީޕް ދަންކަރުގެ ދައުވަތަކަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް