ads
ޑެންގޫގެ ކޭސްތައް މިފަހުން ރާއްޖޭގައި ދަނީ އިތުރުވަމުން
ޑިސެމްބަރު މަހު ޑެންގީގެ ކޭސްތައް އިތުރުވި: އެޗްޕީއޭ
މިދިޔަ ޑިސެމްބަރު މަހު ޑެންގޫ ޖެހުނު މީހުންގެ އަދަދު އިތުރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
Advertisement

އެޗްޕީއޭއިން ފާހަގަ ކުުރި ގޮތުގައި މިދިޔަ މަހު ރޯގާ ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށް ވެފައިވާ ކަމުގައި އެވެ. 

އެ އިދާރާއިން އިތުރަށް ފާހަގަ ކުރި ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރޯގާ ޖެހިގެން 28،619 މީހުން ރިޕޯޓް ކުރި އިރު ނޮވެމްބަރު މަހު 32،859 މީހަކަށް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި އޭގެ ކުރީ އަހަރުގެ ޑިސެމްބަރުގައި ވެސް އެ އަދަދު ހުރީ 30،590ގަ ކަމުގައި އެވެ. 

އެ އިދާރާއިން ފާހަގަ ކުރި ގޮތުގައި ރޯގާ ޖެހުނު މިންވަރު ދަށަށް ގޮސްފައިވާއިރު އިރުވައި މޫސުމުގެ ކުރީކޮޅު ރާއްޖޭ ސަރަހައްދަށް ޖަމާވާ ނުސާފު ވައި މި ދުވަސްވަރު ވަނީ ނުރައްކާތެރި މިންވަރަކަށް އިތުރުވެފައި ކަމަށާއި އެހެން ކަމުން ހުރިހާ އެންމެންވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމުގައި އެވެ. 

އެ ހިސާބުތަކުން ފާހަގަވާ ގޮތުގައި، ޑިސެމްބަރުގައި އިންފްލުއެންޒާއަށް 560 ޓެސްޓެއް ހެދިފައިވާ އިރު އޭގެ ތެރެއިން 152 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމުގަ އެވެ. 

އަދި ބޭރަށް ހިންގުންވެސް މިދިޔަ މަހު ނޮވެމްބަރު މަހަށް ވުރެން ދަށް ކަމުގައި އެ ތަފާސް ހިސާބުތަކުން ބުނެ އެެވެ. އޭގައި ވާ ގޮތުން  ބޭރަށް ހިންގާތީ ނޮވެމްބަރު މަހު 4،102 މީހަކު ޑޮކްޓަރަށް ދައްކާފައިވާ އިރު ޑިސެމްބަރުގައި އެ އަދަދު ވަނީ 2،931 އަށް ދަށްވެފައި ވާ ކަމުގައި އެވެ.

ބޭރަށް ހިންގުން ދަށްވިޔަސް 2024 އާ އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރާއި ޑިސެމްބަރުގައި ވެސް ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު މައްޗެވެ. ނޮވެމްބަރުގައި 382 މީހަކަށް ޑެންގީ ޖެހުނުއިރު ޑިސެމްބަރުގައި 413 މީހަކަށް ޑެންގީ ޖެހުނެވެ. އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ހުރީ 150 އިން ދަށުގަ އެވެ. 

އެހެންވެ، ޑެންގީ ފަދަ މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް މަދުކުރުމާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމަކަށްވާތީ އެފަދަ ކަންކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް