ads
ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ގޯތި ލިބުނު ބަޔަކު ބިމާއި ހަވާލުވަނީ
މާލެއިން ގޯއްޗާއި ފްލެޓަށް އެދެން މާދަމާ ހުޅުވާލަނީ
ސަރުކާރުގެ ފްލެޓާއި ގޯތި ދޭ އުސޫލަށް ގެނެސްފައިވާ ބަދަލުތަކާއެކު ގޯއްޗަށާއި ފްލެޓަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
Advertisement

މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓާއި ގޯތި ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށްފަހު އާ އުސޫލު ސަރުކާރުން އާންމުކުރީ މިދިޔަ މަހުގެ 30ގައެވެ. ސަރުކާރުން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަހައްދުން 7،900 ފްލެޓް ދޫކުރުމަށެވެ. 

ހައުސިން މިނިސްޓްރީން ބުނީ މާދަމާ އިން ފެށިގެން އަންނަ އޭޕްރީލް 14ގެ ނިޔަލަށް ގޯއްޗާއި ފްލެޓަށް ކުރިމަތިލެވޭނެކަމަށެވެ. ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށައެޅެނީ ހައުސިން މިނިސްޓްރީގެ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. އެ ޕޯޓަލަށް ވަދެވޭނީ އީފާސް ބޭނުން ކޮށްގެންކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. 

ފްލެޓުތައް ދިނުމުގައި ކަނޑައަޅާފައިވާ 15 ކެޓަގަރީތައް

1- 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށް: 100 ފްލެޓު
2- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް: 100 ފްލެޓު
3- ޒުވާނުންނަށް: 250 ފްލެޓު
4- ޓެކްސީ ޑްރައިވަރުންނަށް: 50 ފްލެޓު
5- ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް: 200 ފްލެޓު
6- ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް: 100 ފްލެޓު
7- މަސްވެރިންނަށް: 100 ފްލެޓު
8- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް: 50 ފްލެޓު
9- ވެށިފަހި، ހިޔާ މަޝްރޫއު ފްލެޓު ލިބޭނެކަމުގެ ލިޔުން ލިބި ފްލެޓު ހަވާލު ނުކުރި ފަރާތްތަކަށް: 500 ފްލެޓު
10- ބޯހިޔާވަހިކަމެއް ނެތި ދިރިއުޅޭ ފަގީރު އާއިލާތަކަށް: 50 ފްލެޓު
11- ދިވެހި ފުލުހުންނަށް: 100 ފްލެޓު
12- އެމްއެންޑީއެފަށް: 100 ފްލެޓު
13- ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް: 200 ފްލެޓު
14- މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް: 100 ފްލެޓު
15- ހާއްސަ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް: 400 ފްލެޓު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް