ފުލުހުން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިމަހުގެ 4 އިން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ސަރަހައްދުގައި 67 އެކްސިޑެންޓްވަނީ ހިނގާފައެވެ. އެއީ މާލެއާއި ބްރިޖާއި ހައިވޭ ހިމެނޭ ގޮތަށެވެ. އެގޮތުން ބްރިޖާއި ހައިވޭގައި 11 އެކްސިޑެންޓް ވެފައިވާއިރު މާލޭގައި 56 އެކްސިޑެންޓްވަނީ ހިނގާފައެވެ.
ފުލުހުންގެ ހިސާބުތައް ދާއްކާގޮތުން މިމަހުގެ 6 ވަނަދުވަހު އެކަނިވެސް މާލޭ ސަރަހައްދުގައިވަނީ 13 އެކްސިޑެންޓް ހިނގާފައެވެ. އަދި ޖެހިގެން އައި ދުވަހުވެސް 12 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.
އެކްސިޑެންޓްތަކުގައި މިދިޔަ ހަފްތާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އޭގެ ތެރެއިން އެކަކަށްވަނީ ސީރިއަސް އަނިޔާތަކެއްވެފައެވެ. މީގއިތުރުން މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓްތަކުގައި 87 ވެހިކަލަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިކަމަށް ފުލުހުން ބުނެއެވެ.
އެކްސިޑެންޓްވި އުޅަނދުތައް
ފުލުހުން ވަނީ މަގުމަތީގެ ރައްކާތެރިކަމަށް ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ދުއްވުމަށް އިލްތިމާސްކޮށްފައެވެ.