ads
ހުޅުމާލެއިން ހައިވޭއަށް އަރާ ސަރަހައްދުގައި ދަތުރު ދުއާ ބޯޑް ހަރުކުރުމުގެ ތެރެއިން
ހުޅުމާލެއިން ހައިވޭއަށް އަރާތަނުގައި ދަތުރު ދުއާ، އެންމެން ކިޔާލާ
ހުޅުމާލެއިން ހައިވޭއަށް އަރާތަނުގައި ދަތުރު ދުއާ ލިޔެފައިވާ ބޮޑު ބޯޑެއް ބަހައްޓައިފިއެވެ.
Advertisement

މި ބޯޑު ބަހައްޓާފައިވަނީ ދީނީ ހޭލުންތެރިކަމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ މަންފާ ޖަމިއްޔާ އާއި ހަައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ. މި ބޯޑު ބަހައްޓާފައިވަނީ ހުޅުމާލެއިން ހައިވޭއަށް އަރާތަނުގައި އެންމެނަށް ފެންނަ ގޮތަށެވެ. 

މަންފާ ޖަމިއްޔާއިން ބުނީ ހުޅުމާލޭ ިތުރު ސަރަހައްދުތަކުގައި އަދިވެސް ބައެއް ބޯޑުތައް ބަހައްޓަން ނިންމާފައިވާކަމަށެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި މިފަދަ ބޯޑުތައް ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. 

your imageހުޅުމާލެއިން ހައިވޭއަށް އަރާތަނުގައި ހަރުކުރި ދަތުރު ދުއާ ބޯޑް

މަންފާ ޖަމިއްޔާއަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އަލީ ރަމީޒު އިސްވެ ހުންނަވާ އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން އިން އަންނަނީ ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދީނީ އެކި މައުލޫތަކަށް މައުލޫމާތުތައް ގެނެސްދިނުމާއި އެކި މައުލޫތަކަށް ވީޑިއޯ އުފައްދާ އާއްމުކުރުންވެސް ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް