ads
ކައުންސިލް އިންތިހާބު: އެމްޑީޕީ ޕްރައިމެރީގެ ވޯޓުލުން ފަށައިފި
އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމެރީގެ ވޯޓުލުން ފަށައިފި އެވެ.
Advertisement

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފެށީ މިއަދު މެންދުރު 2:00 ގަ އެވެ. އަދި ވޯޓުލުން ނިމޭނީ ރޭގަނޑު 8:00 ގައެވެ. 

މި އިންތިހާބުގައި ޖުމްލަ 65 ވޯޓު ފޮށި ބަހައްޓާފައިވާކަމަށް އެމްޑީޕީން ބުނެ އެވެ. 

މާލޭގައި ޖުމްލަ 31 ފޮށި ބަހައްޓާފައިވާއިރު ޢެގެތެރެއިން 14 ފޮށި ހާއްސަކޮށްފައިވަނީ މާލޭގައި އުޅޭ ރަށްރަށުގެ ރައްޔިތުންނަށެވެ. އަދި މާލޭގެ ދާއިރާތަކަށް ހާއްސަކޮށްގެން މާލޭގައި 17 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަތޮޅުތަކުގައި 34 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. 

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި އެންމެ ފޯރި ގަދައީ މާލޭ މޭޔަރުކަމުގެ ޓިކެޓަށެވެ. އެ ޓިކެޓަށް ވާދަކުރަނީ މާލެ ސިޓީގެ މިހާރުގެ މޭޔަރު، އާދަމް އާޒިމް އާއި ހެންވޭރު މެދު ދާއިރާގެ ކުރީގެ މެމްބަރު، އަލީ އާޒިމް އެވެ. އާދަމް އާޒިމް ވާދަކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ފެކްޝަނުންނެވެ. އަލީ އާޒިމް ވާދަކުރަނީ ރައީސް ނަޝީދުގެ ތާއީދާއެކުއެވެ. 

މީ މިދިޔަ ރިޔާސީ އިންތިހާބަށް އެމްޑީޕީ ބައިބައިވުމަށް ފަހު އެ ޕާޓީން ވަކިވި މެމްބަރުން އަލުން ޕާޓިއާ ގުޅި ބާއްވާ ފުރަތަމަ އެތެރޭގެ އިންތިހާބެވެ. ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަކާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ  ފެކްޝަން އަދިވެސް އޮތް އެމްޑީޕީ އެކުގައި ކުރިޔަށް ދާނެކަން ނިމެނީ މި އިންތިހާބަށް ފަހުގައިކަމަށް ގިނަ ބަޔަކު ދެކެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް