ads
އޭސް ޓްރެވަލްސް މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު
މިއީ ރާއްޖެއަށް ދަތި ދުވަސްތަކެއް، ހަރަދު ކުޑަކުރަންޖެހޭ: ފިރާގު
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ކުރިމަތިވެދާނެ ދަތިތަކަށް ވިސްނައި ހަރަދުތައް ކުޑަކުރަންޖެހޭ ކަމަށް އޭސް ޓްރެވަލްސް މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.
Advertisement

އެމެރިކާ އާއި އިޒްރޭލު ގުޅިގެން މިދިޔަ މަހުގެ 28 ވަނަ ދުވަހު އިރާނަށް ހަމަލާދިނުމާ ގުޅިގެން އެ ގައުމުން ވަނީ، ދުނިޔޭގެ އެކި ސަރަހައްދުތަކަށް ތެޔޮ އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އެއާއެކު ދުނިޔޭގެ ބާޒާޒުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި، އެއާލައިންތަކުން ވަނީ ޓިކެޓުގެ އަގު ބޮޑުކުރަން ފަށާފަ އެވެ.

މިކަމާ ބެހޭގޮތުން ފިރާގު "ސީއެންއެމް" އަށް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ޓިކެޓުގެ އަގުތައް އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެގޮތުން ގާތްގަނޑަކަށް 30 އިންސައްތައާ ހަމައަށް ޓިކެޓުގެ އަގު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެެވެ. އަދި މިކަމުގެ ސަބަބުން ދަތުރުކުރާ މީހުންގެ އަދަދު މަދުވެ، ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ހީވަނީ ގާތްގަނޑަކަށް 30 އަކަށް ޕަސެންޓާ ގާތަށް ބޮޑުވާނެހެން، އެއީ ދުނިޔޭގެ މާކެޓުގައި ތެލުގެ އަގަށް މި އަންނަ ބަދަލާ ގުޅިގެން 20، 30 ޕަސެންޓާ ހަމައަށް އަރައިގެން ދާނެ ހަމަ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގަ." ފިރާގު ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ، ވައިގެ އުދުހުންތަކުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރުވެސް އޭގެ ނޭދެވޭ އަސަރު ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ބުކިންތައް ކެންސަލްކުރާ މިންވަރު އިތުރުވެ، ފަތުރުވެރިން އަންނަ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ހާލަތު ދިގުލައިގޮސްފި ނަމަ ފަތުރުވެރިކަން ދަށަށްގޮސް ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ފިރާގު އިތުރަށް ވިދާޅުވީ މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، މެދުއިރުމަތީގެ މަޝްރަހު އަމާންވެ ތެލުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ދުވަހެއް ލަފާކުރަން ނޭނގޭ ކަމަށެވެ. އަދި ތެޔޮ އަގުހެޔޮވި ނަމަވެސް، ކަންކަން އާންމު ހާލަތަށް ރުޖޫއަވުމަށް ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ދިމާވެދާނެ އުނދަގޫ ހާލަތަކަށް ވިސްނައި ތައްޔާރީ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ފިރާގު ވިދާޅުވި އެވެ. އެގޮތުން، އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތަކާއި އެހެނިހެން ހަރަދުތައް ވެސް ކުޑަކުރުން މުހިންމުކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ޖެހޭ ކަންނޭނގެ ވިސްނަން މިހާރު އަޅުގަނޑުމެންގެ ހަރަދުތައް ވެސް ކުޑަކުރަން، ޑޮމެސްޓިކް ކޯސްޓްތަށް ވެސް، އެއީ މިވަގުތު ތެޔޮ ސްޓޮކް ހުއްޓަސް، ތެޔޮ ލިބެންހުރި ދިމާތަކުގެ ދަތިތަށް މި ފެންނަނީ." ފިރާގު ވިދާޅުވި އެވެ.

އިރާނު ހަނގުރާމައާ ގުޅިގެން، މީގެ ކުރިން 85 ޑޮލަރާއި 90 ޑޮލަރާ ދެމެދުގެ އަގުތަކުގައި ލިބެންހުރި ތެލާއި ޖެޓް ފިއުލް ފީފާއެއްގެ އަގު މިހާރު ވަނީ 150 ޑޮލަރާއި 200 ޑޮލަރަށް އުފުލިފަ އެވެ. ހަނގުރާމައާ ގުޅިގެން ގިނަ އަދަދެއްގެ ޓުއާ އޮޕަރޭޓަރުން މެދުއިރުމައްޗަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ތެލުގެ ހަރަދު ބޮޑުވުމުގެ އިތުރުން ވައިގެ ސަރަހައްދުތައް ބަންދުކޮށްފައި އޮތުމުން ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތް ވެސް ދަށަށްދާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

އެގޮތުން ރާއްޖެއަށް ބަލާއިރު، މި މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ވެސް ވަނީ ދައްކައިފަ އެވެ. ފަތުރުވެރިން ރާއްޖެ އައުން ދަށްވީ މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;