މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
• ޕޯޓުގެ މައި ޓަރމިނަލް
• ކޮންޓެއިނަރު ޔާޑް، ސްޓޯރޭޖް އޭރިއާ
• އިދާރީ އޮފީސް އިމާރާތް
• ކޮންޓްރޯލް ޓަވަރު
• ގޭޓް ކޮމްޕްލެކްސް
• ވޯކްޝޮޕް، މެއިންޓަނަންސް ފެސިލިޓީ
• ސްޓާފް ސަޕޯޓް ފެސިލިޓީ
މި މަޝްރޫޢުގެ ފޭސް އެކެއްގެ ބައެއް މަސައްކަތްތައް މިދިޔަ މަހުގެ ތެރޭގައި ޗައިނާގެ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ވެސް ހަވާލުކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުށީ ޕޯޓް ބޭނުން ކުރަން ފެށޭނެ ކަމަށް އިއުލާންކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;