ads
ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިން ގައުމަށް ގެންދަނީ
އީރާނުގެ ރައްދު: އެމެރިކާ ސިފައިންގެ އަށް މީހަކު މަރުވެ 140 މީހަކު ޒަހަމްވެއްޖެ
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް އިސްވެ ދޭން ފެށި ހަމަލާތަކަށް އީރާނުން ރައްދުގައި މިހާތަނަށް ދިން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ އަށް މީހަކު މަރުވެ 140 މީހަކު ޒަހަމްވެއްޖެ އެވެ.
Advertisement

އެމެރިކާގެ ސިފައިންގެ ފުރަތަމަ ހަ މީހުން މަރުވީ ކުވެއިތުގެ އެމެރިކާ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާގަ އެވެ. މިއީ ކުވެއިތުން ބޭރުގައި، އީރާނުގެ ހަމަލާއެއްގައި އެމެރިކާ ސިފައިންގެ މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

އަނެއް ދެ ސިފައިން މަރުވީ ސައުދީގައި ދިން ހަމަލާގައި ލިބުނު ސީރިއަސް ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ. މި ހަނގުރާމައިގައި އެމެރިކާ ސިފައިންގެ އިތުރު ބަޔަކު މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. 

އަދި އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތައް ވަރަށް އަވަހަށް ނިންމާލާނެ ކަމަށް ވެސް ޑޮޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ރައްދުގައި އީރާނުން ބުނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނާނެ ވަގުތެއް ކަނޑައަޅާނީ އީރާނުން ކަމަށެވެ.

އީރާނުގެ ރަސްމީ އިދާރާތަކުން އާންމު ކުރާ މައުލޫމާތުން އިނގޭ ގޮތުގައި މާރިޗު މަހުގެ 9ވަނަ ދުވަހާ ހަމައަށް އެ ގައުމުގައި 1،255 މީހުން ޝަހީދުވެ، 12،000އަށްވުރެ ގިނަ މީހުންނަށް ޒަހަމްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ފުރަތަމަ ދުވަހު ޔަހޫދީން އެ ގައުމުގެ މީނާބުގެ މަދަރުސާއަކަށް ދިން މިސައިލް ހަމަލާއެއްގައި ޝަހީދުވި 175 ދަރިވަރުން ހިމެނެ އެވެ. އަދި އީރާންގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ހާމަނާއީ ވެސް ހިމެނެ އެވެ. 

އެމެރިކާ އާއި އިޒްރޭލުގެ ގުޅިފައިވާ އޮޕަރޭޝަންތަކުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އިގްތިސާދީ އެހެނިހެން ސަރަހައްދުތަކަށްވެސް މިސައިލާއި ޑްރޯން ހަމަލާތައް އަމާޒުކުރަމުންނެވެ.

މި ހަމަނުޖެހުންތަކުގެ އަސަރު މުޅި ސަރަހައްދަށް ފޯރަމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ހަމަލާބަދަލުކުރުންތައް އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;