ads
ހުރިހާ ސިޓީގެ މޭޔަރުން
ހުރިހާ ސިޓީއެއްގެ މިހާރުގެ މޭޔަރު އިންތިހާބުގައި ވާދަކުރާނެ
އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މިހާރު ސިޓީތަކުގައި މޭޔަރުންގެ ގޮތުގައި ތިއްބެވި ހުރިހާ ބޭފުޅުން ވާދަކުރަން ފުރުސަތު ލިބިއްޖެއެވެ.
Advertisement

ފަސް ސިޓީގައިވެސް މޭޔަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެމްޑީޕީގެ މެމްބަރުންނެވެ. އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން އިއްޔެ ބޭއްވި އެތެރޭގެ ޕްރައިމެރީއަށް އަަށް ފަހު މި ހުރިހާ ބޭފުޅުންވެސް އިންތިހާބުގައި ވާދަކުރަން މިވަނީ ފުރުސަތު ލިބިފައެވެ. 

މިހާރު ތިއްބެވި މޭޔަރުންގެ ތެރެއިން ޕްރައިމެރީގައި ވާދަކުރައްވަން ޖެހިވަޑައިގަތީ ދެ ބޭފުޅަކަށެވެ. އިއްޔެ ޕްރައިމެރީގައި ވާދަކުރެއްވި މާލޭގެ މޭޔަރުކަމަށް މިހާރުގެ މޭޔަރަށް ހުންނެވި އާދަމް އާޒިމަށް ވަނީ ބޮޑު ތާއީދަކާއި އެކު ޓިކެޓް ކާމިޔާބުކުރައްވާފައެވެ. އަދި ތިނަދޫ ސިޓީގެ މޭޔަރުގެ ގޮތުގައި ހުންނެވި ސައުދު އަލީވެސް ވަނީ ޓިކެޓް ޔަގީން ކުރައްވާފައެވެ. 

ދެން ތިއްބެވި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ކުޅުދުުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ފުވައްމުލަކު ސިޓީ މޭޔަރު އިސްމާއިލް ރަފީގުވެސް ވަނީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ.

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރިލްމަހުގެ 4 ވަނަދުވަހުއެވެ. އިންތިހާބުގައި ވާދަކުރަން ނަން ހުށައަޅަން މިއަދު ވަނީ ހުޅުވާލާފައެވެ. 

ލޯކަލް ކައުންސިލް މި އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނެއެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް