ads
އަމީތާބު ބަޗަން
ކުރިން ކަންކަން ދަސްނުކުރެވުނީތީ ދެރަވޭ، މިހާރު ހަކަތައެއް ނެތް: އަމީތާބް
ބޮލީވުޑްގެ އެންމެ ތަޖުރިބާކާރު އަދި ކާމިޔާބު އެއް ތަރި އަމީތާބް ބައްޗަން، އޭނާގެ ކެރިއަރުގައި ކަންކަން ދަސްކުރުމަށް ވަގުތު އޮތްއިރު އެކަންކަން ނުކުރެވުނީތީ އެކަމާ ހިތާމަކުރާ ކަމަށް ބުނެފި އެވެ.
Advertisement

އުމުރުން 83 އަހަރުގެ އަމީތާބް އޭނާގެ ރަސްމީ ބްލޮގްގައި ލިޔެފައިވާ ގޮތުން، ކޮންމެ ދުވަހަކީ ވެސް އާ އެއްޗެއް ދަސްވާ ދުވަހެކެވެ. ނަމަވެސް އޭނާގެ އެންމެ ބޮޑު ހިތާމައަކީ، މީގެ އަހަރުތަކެއް ކުރިން ދަސްކުރަން ޖެހޭ ކަންކަން އޭރު ދަސްކުރެވިފައި ނެތުމެވެ.

"މިހާރު ދަސްކުރަން ޖެހިފައި މިވާ ކަންކަމަކީ އޭރު ވުޖޫދުގައި ހުރި ކަންކަމެއް ވެސް ނޫން. އަދި މިހާރު އުމުރުން ދުވަސްވުމާއެކު، އާ ކަންކަން ދަސްކުރުމުގެ ޝައުގުވެރިކަމާއި، ހަކަތަ އަދި އެކަމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގެ ގާބިލްކަން ދަނީ ކުޑަވަމުން،" އަމީތާބް ލިޔެފައިވެއެވެ.

އަމީތާބް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރު ޒަމާން ބަދަލުވެ، އާ އީޖާދުތައް ތައާރަފުވާލެއް އަވަސްކަމުން އެއްޗެއް ދަސްކުރަން ފަށާއިރު އޮންނަނީ ވަގުތު ފާއިތުވެފަ އެވެ. ނަމަވެސް މިހާރު އޮތް އެންމެ ބޮޑު ފަސޭހައަކީ، ތިމާއަށް ނޭނގޭ ކަންކަން އެކަމުގެ މާހިރުން ލައްވައި ކުރުވުން ނުވަތަ "އައުޓްސޯސް" ކުރެވެން އޮތުން ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންގެ ޒަމާނުގައި ކަމެއް ނޭނގޭނަމަ ޖެހެނީ ހިތާމަކުރަން. އެކަމެއް އޮންނަނީ ނުކުރެވިފައި. އެކަމަކު މިހާރު ނޭނގުނަސް އެހެން މީހުން ލައްވާ އެކަން ކުރުވޭ. އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އަމީތާބް ބުންޏެވެ.

އިންޑިއާގެ ސިނަމާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށް، އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް 4 ފަހަރު ހޯދާފައިވާ އަމީތާބް ދާދި ފަހުން ވަނީ "ކޯން ބަނޭގާ ކްރޯޕަތީ" (ކޭބީސީ) ގެ 17 ވަނަ ސީޒަން ނިންމާލާފަ އެވެ. އަދި އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ރަޖްނީކާންތާއެކު ކުޅުނު ފިލްމު "ވެއްޓައިޔަން" އިންނެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް