މުދާ ހިފައިގެން ދަނިކޮށް ބަންޑުން ޖަހާލީ 'ބަލްމާ-6' ނަމަކަށް ކިޔާ ބޯޓެކެވެ. މި ބޯޓުން ދަތުރުކުރި ދެ މީހަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ.
އެމްއެމްޑީއެފުން ވަނީ ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރަނިކޮށް ވާދޫ ކަނޑުގެ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުން ޖަހާލި މި ބޯޓުން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.