ފުލުހުން އިތުރަށް ބުނީ ދެން ގެއްލިގެން ހޯދަމުން ދަނީ ބިދޭސީ މީހެއް ކަމަށާއި އަދި އޭނާ ފެނިފައި ނުވާ ކަމުގައި އެވެ.
މިއަދު ހެނދުނު އެމްއެންޑީއެފް އިން ބުނީ ބަންޑުން ޖަހާލާފައިވަނީ ' ބަލްމާ- 6 ' ނަމަކަށް ކިޔާ މުދާ އުފުލށާ ދޯންޏެއްކަމަށެވެ.
މި ދޯނި ބަންޑުން ޖަހާލިއިރު ދޯނީގައި ހަތަރު މީހުން ތިބިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެތަނުން ދެ މީހުން ކަނޑުވެފައި ވަނިކޮށް އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން އެ ދެމީހުން ނަގާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓް ގާޑު ޑައިވަރިން ކުރަމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ބޯޓް ބަނޑުން ޖަހާލާފައިވަނީ ތާގް އެގްޒޯޓިކާ ރިޒޯޓު ކައިރިއަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެ