ads
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ 4 އޭޕްރިލްވައި
ވަގުތު ހަމަވިއިރު ވޯޓާސް ލިސްޓަށް 779 ޝަކުވާ
އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ 2026 ގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށައަޅަން ވަގުތު ހަމަވިއިރު 700 ވުރެ ގިނަ ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.
Advertisement

އީސީން ބުނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށައެޅުމަށް ދިން މުއްދަތު މިއަދު 15:00 ހަމަވެފައިވާކަމަށެވެ. އެގޮތުން ގަޑި ހަމަވިއިރު 779 ޝަކުވާ ލިބިފައިވާކަމަށް އީސީން ބުނެއެވެ  

ޝަކުވާ ހުށަހަޅާފައިވާ ސަބަބުތައް: 

  • އެޑްރެސް ބަދަލުވެފައިވުން
  • ރަށްވެހިކަން ބަދަލުވުން
  • ނިޔާވެފައިވާތީ، ރަޖިސްޓަރީއިން ނަން އުނިކުރުމަށް

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް