ނަސީބުވެރިއަކަށް ހޮވުނު، މ. މުލަކަށް އުފަން ނުޒުހާ އިބްރާހިމްއަށް ލިބުނީ އުމްރާ ދަތުރެކެވެ.
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދޭ ކެމްޕެއިނެކެވެ.
މި ކެމްޕެއިނުގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭއިރު، 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ކެމްޕޭނަށް އެންރޯލްވެ އެވެ.
މީގެއިތުރުން އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400ރ، އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ވެސް ކެމްޕެއިނުގައި ބައިވެރިވެވެ އެވެ.
އުރީދޫއިން ބުނީ މި ކެމްޕެއިން ކުރިއަށްގެންދަނީ އެ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަން ކުރަން ކަމަށެވެ.
20 އަހަރުގެ ކުޑަމުއްދަތުގައި އުރީދޫ އިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފަ އެވެ.
ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ ވެބްސައިޓަށް ޒިޔާރަތްކޮށްލަން އެ ކުންފުނިން ވަނީ އެދިފަ އެވެ.