އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ދޮން މަނިކު ސްކައިވިއު ރެސްޓޯރަންޓުގެ ތިރީގައި ހުންނަ އޮފީސް ހުޅުވައިދެއްވީ މިރޭ ބޭއްވި ހަފުލާގަ އެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، މާލެއަށް އެމްޑީޕީގެ މޭޔަރުންތަކެއް މީގެ ކުރިން އައި ކަމަށާއި، ނަމަވެސް އެ ބޭފުޅުންގެ ފަރާތުން ލިބުނު އުންމީދީ ކުރިއެރުމެއް ނެތް ކަމަށެވެ.
އަސްކަރީ ދާއިރާގައި 32 އަހަރު ހިދުމަތް ކުރައްވައި، ފެބްރުއަރީ، 2012 ގައި ހިދުމަތުން ރިޓަޔާ ކުރެއްވުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލަށް ވަނީ ނޮވެމްބަރު، 2024 ގައި ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އަރުވައިފަ އެވެ.
މާލޭގެ މޭޔަރުގެ ރޭހުގެ ވާދަ ބޮޑުވެފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމެވެ. ދެން ވާދަ ކުރައްވަނީ ކުރީގެ ޓެންޑާ ބޯޑުގެ މެމްބަރު އިސްމާއިލް ޒަރިޔަންދު އެވެ.