ads
ޖިންސީ ގޯނާގެ އަމަލު ރަމްޒުކޮށްދޭ ފޮޓޯއެއް----
ސާވާ ޑައުންވެގެން ކަމަށްބުނެ ބަންދުން ދޫކޮށްލި ކޮށްލުން ބާތިލުކޮށްފި
ކޯޓުގެ ސިސްޓަމަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން ޝަރީއަތް ހިންގަން ދަތިވެފައިވާ ކަމަށް ބުނެ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު، ބަންދުން ދޫކޮށްލަން ނެރެނު އަމުރެއް ހައި ކޯޓުން ބާތިލްކޮށްފިއެވެ.
Advertisement

ކުޑަ ކުއްޖެއްގެ މަސްލަހަތު ހިމެނޭތީ އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔަ މި މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަށް ހައްޔަރު ކުރި މީހެއްގެ މައްސަލައެވެ. އެ މީހާ ހައްޔަރުކޮށް، ފުރަތަމަ 30 ދުވަހަށް ބަންދު ކުރިއެވެ. 

އެ 30 ދުވަސް ހަމަވެގެން، ބަންދު އިތުރުކުރަން، އަލުން ކޯޓަށް ހާޒިރު ކުރުމުން، މެޖިސްޓްރޭޓް ނިންމެވީ ބަންދު އިތުރު ނުކުރާށެވެ.

ކޯޓުން އޭނާ ބަންދުނުކުރަން ނިންމީ، ދައުވާ ލިބޭ މީހާ، ކޯޓަށް ހުށަހެޅި ސިޓީއެއްގައި، ކޯޓުގެ ސާވާ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ޝަރީއަތް ހިންގަން ދަތިވެފައިވާތީ އެކަން ހައްލުކޮށް ޝަރީއަތް ހިންގޭނެ ގޮތް މެދުވެރިވަންދެން އޭނާގެ ބަންދެއް ލުޔެއް ދިނުމަށް އެދިފައިވާ އެދުމަށް ރިއާޔަތްކޮށެވެ. ބަންދަށް ލުޔެއްދޭން ނިންމި ނިންމުމުގައި ކޯޓުން ބުނެފައިވަނީ ކޯޓުގެ ވަސީލަތް ނެތުމުގެ ސަބަބުން ޝަރީއަތް ހިންގަން ދަތިވެފައިވާތާ ދެ މަސް ވެފައިވާ ކަމަށާއި އެކަމުގައި އަލިމަގެއް ވެސް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން،

ކޯޓުގައި ވަސީލަތް ނެތުމާއި މެދުނުކެނޑި ޝަރީއަތް ހިންގޭނެ ހާލަތް ނެތި، މީހެއްގެ ހައްގެއް ހިފެހެއްޓޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބަޔާންކޮށް އޭނާ މިނިވަން ކުރުމުން، ދައުލަތުން ދެން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.

އެ މައްސަލައިގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ހުކުމުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން މީހެއްގެ މައްޗަށް ތުހުމަތު އުފުލޭ ހިނދު، އެ މީހަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ހާލަތްތަކުން ކުރެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާނެ އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވާނެ މީހެއްކަމުގައި ބަލައި، އެ މީހަކު ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓަން ގާނޫނުން މަގުފަހިކުރާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް