މި ޕްރޮމޯޝަނަކީ ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން، ރޯދަމަހަށް ބޭނުންވާ ތަކެތި ހޯދުމަށް ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ހަރަކާތެއް ކަމަށް ދިރާގުން ބުނެ އެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކުވެސް ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ކުންފުނިން ހާމަ ކުރި ގޮތުގައި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 5،000 ރުފިޔާގެ ޝޮޕިންގ ވައުޗަރެއް ލިބޭނެ ކަމަށާއި ޖުމްލަ 21 ފަރާތަކަށް މި ފުރުސަތު ލިބޭއިރު، މި ވައުޗަރުތަކަކީ ރާއްޖޭގެ މަގުބޫލު ފިހާރަތަކާއި އެއާލައިންތަކުގައި ބޭނުންކުރެވޭނެ ވައުޗަރުތަކެއް ކަމުގައި އެވެ.
އަދި ކޮންމެ ހަފްތާ އަކު ހޮވޭ ނަސީބުވެރި ފަރާތަކަށް، އެއް މިނެޓުގެ ތެރޭގައި ހިލޭ ބާޒާރުކުރުމުގެ ރަން ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ ގިނަ ކަސްޓަމަރުންތަކަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ފުރުސަތުތަކެއް ކަމަށާއި އެގޮތުން 50 ރުފިޔާއިން ފެށިގެން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ޕްރީޕެއިޑް ކަސްޓަމަރުން، އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓްކުރާ ޕޯސްޓްޕެއިޑް، ކަސްޓަމަރުން،ބޫސްޓަރެއް އެކްޓިވޭޓްކުރާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން، 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ފަރާތްތައް އަދި ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުން އަދި ވެލިއު އެޑެޑް ސާވިސް ބޭނުންކުރާ ފަރާތްތަކަށް މި ޕްރޮމޯޝަން ގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި މިއަދުން ފެށިގެން ފެށިގެން ފެބްރުއަރީ 9 ވަނަ ދުވަހުގެ ނިޔަލަށް ދިރާގު އެޕް މެދުވެރިކޮށް އެންރޯލް ކުރަންޖެހޭނެކަމަށާއި އެންރޯލް ކުރާ ހިސާބުން ފެށިގެން ޕްރޮމޯޝަން ނިމެންދެން ކޮންމެ ދުވަހަކުވެސް އިނާމު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު https://bit.ly/Dhiraagu-Roadha-Ready-26 އިން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.