ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ. ފެނަކައިން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މިހާރު ކުރިއަށްދަނީ ގްރޭޓާ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތްކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ފެނަކައިން ބުނީ، މާލެ ސަރަހައްދުގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް %75 ސްކޫލެއްގައި އިންޑޯ އޭސީ ޔުނިޓް ހަރުކޮށްފައިވާކަމަށެވެ.
އެ ކުންފުނިން މަސައްކަތްކުރަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ގްރޭޓާ މާލޭ ސަރަހައްދުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލުމަށްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;