ads
ސަލްމާން ހާން ބިގް ބޮސްގެ ސެޓުގަ
ބިގް ބޮސް އޯޓީޓީ ހުއްޓާލަނީ؟ ކެންސަލް ކުރާ ކަމުގެ އަޑުތައް ގަދަވެއްޖެ
އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީ ޝޯ، "ބިގް ބޮސް" ގެ އޯޓީޓީ ވާޝަން ހުއްޓާލަން އުޅޭ ކަމުގެ އަޑުތައް ގަދަވެ، އެ ޝޯގެ ފޭނުންނަށް މާޔޫސްކަން ކުރިމަތިވެއްޖެއެވެ.
Advertisement

ބިގް ބޮސްގެ 19 ވަނަ ސީޒަން ނިމުމާއެކު ގިނަ ބަޔަކު އިންތިޒާރުކުރަމުން އައީ އޯޓީޓީގެ ހަތަރުވަނަ ސީޒަނަށެވެ. ނަމަވެސް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ޝޯ އިންތިޒާމުކުރާ ފަރާތްތަކުން މިހާރު ވިސްނަމުންދަނީ އޯޓީޓީ ޝޯ ކެންސަލް ކުރުމަށެވެ.

މިފަދަ ނިންމުމަކާ ހިސާބަށް ދާން ޖެހުނު މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވަނީ، ބިގް ބޮސްގެ މައި ޝޯ (ޓީވީ ޝޯ) މިހާރު ޓީވީގެ އިތުރުން އޯޓީޓީ ޕްލެޓްފޯމްތަކުން ވެސް ބެލޭތީއެވެ. އުފެއްދުންތެރިން ދެކޭ ގޮތުގައި މައި ޝޯ ދެ ޕްލެޓްފޯމެއްގައި ދައްކާއިރު، ވަކިން ހާއްސަ އޯޓީޓީ ޝޯއެއް ބޭއްވުމުން ބެލުންތެރިން ބައިބައިވެ، ވަކި ޕްލެޓްފޯމަކަށް ބެލުންތެރިން މަހޑުވެގެންދެއެވެ. އެހެންކަމުން އެ ފަރާތުން ބޭނުންވަނީ ބެލުންތެރިން ވަކި ތަނަކަށް ހާއްސަ ނުކޮށް، މައި ޝޯ މެދުވެރިކޮށް އެންމެނަށް ޝޯ ފޯރުކޮށްދިނުމަށެވެ.

މިކަމާ ގުޅޭގޮތުން "ބިގް ބޮސް" ގެ އުފެއްދުންތެރިން ނުވަތަ ޖިއޯ ސިނަމާއިން ވެސް އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ނިންމުން ނިންމުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ބިގް ބޮސް އޯޓީޓީއަކީ ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ. މިހާތަނަށް މި ޝޯގެ ތިން ސީޒަނެއް ގެނެސްދީފައިވާއިރު، ފުރަތަމަ ސީޒަން ކާމިޔާބުކުރީ ދިވްޔާ އަގަރްވާލްއެވެ. ދެވަނަ ސީޒަން އެލްވިޝް ޔާދަވް ކާމިޔާބުކުރިއިރު، އެންމެ ފަހުން ބޭއްވި ތިންވަނަ ސީޒަންގެ ތަށި އުފުލާލީ ސަނާ މަގްބޫލްއެވެ.

މިދިޔަ ޑިސެމްބަރު މަހު ނިމުނު ބިގް ބޮސްގެ 19 ވަނަ ސީޒަންގެ ޓްރޮފީ ކާމިޔާބުކޮށްފައިވަނީ ގޯރަވް ކަންނާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް