ads
އޮޅު ހިޔާއަށް ގެންދިޔުމަށް ބުޅާތައް މަގުތަކުން ނަގަނީ
ބުޅާ ފެސިލިޓީ ކައުންސިލް އާއި ހަވާލު ކުރަން އެދެފިން: ކައުންސިލް
މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަަލަހައްޓަން ހުޅުމާލޭގައި ހަދާފައިވާ ބުޅާ ފެސިލިޓީ އަނބުރާ ކައުންސިލްއާއި ހަވާލުކޮށްދިނުމަށް ސަރުކާރުގައި އެތަށް ފަހަރެއްގެ މަތިން އެދެވިފައިވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

އެ ގޮތަށް އެކަން ކުރަން ސަރުކާރުގައި އެދިފައިވަނީ މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަަލަހައްޓަން ހުޅުމާލޭގައި ވަކި ފެސިލިޓީއެއް ހަދާފައި ހުރި ނަމަވެސް މާލޭގެ މަގުތަކުން ބުޅާލާއި ބުޅަލުގެ ނަޖިސް ހުސްނުވެ އާއްމުންގެ ޝަކުވާ ބޮޑުވެފައިވާތީ ކަމުގައި އެވެ. 

މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވަނީ މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ އާއްމުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭ ގޮތުން ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. 

މަގުތަކުގައި ބުޅާ ނަޖިސް ފުނިޖެހިފައި ހުންނައިރު، އެ ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލާނެ ބަޔަކު ވެސް ނެތި ހުރިހާ އުނދަގުލެއް ކުރިމަތިވަނީ އާއްމުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް ބުޅާ ފެސިލިޓީ މިހާރަށް ވުރެ ރަނގަޅަށް ބެލެހެއްޓޭނެތީ އެކަން ހަމަޖައްސައިދޭން ސަރުކާރަށް ވާނީ ހުށަހަޅައިފަ އެވެ. އެކަމަކު މިހާތަނަށް ވެސް އެތަން ކައުންސިލާ ހަވާލުނުކުރާ ކަމަށް ވިދާޅުވި އެވެ. 

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް 5000 އަކަފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ އޮޅުހިޔާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވި ތަނެކެވެ. މިތަން ބަލަހައްޓަމުން އަންނަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ނެވެ.

މާލެ ސަރަހައްދުގައި އުޅޭ ބުޅަލުގެ އަދަދު ގާތްގަނޑަކަށް 3،000 އަށް އަރާނެ ކަމަށް ކައުންސިލުން އޭރު ވަނީ އަންދާޒާ ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެ ތަނަށް ގެންދިޔައީ، އެންމެ 30 ބުޅަލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް