ads
އަތޮޅުތަކުން މާލޭ ސްކޫލްތަަކަށް 1500 ދަރިވަރުން ބަދަލުވި
އަންނަ ދިރާސީ އަހަރަށް އަތޮޅުތަކުން މާލޭ ސްކޫލްތަަކުގައި ކިޔަވަން ބޭނުންވެގެން 1500 ދަރިވަރުން ބަދަލުވިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
Advertisement

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ މި މަހުގެ 27ގައެވެ. އާ އަހަރަށް އެންމެ ފަހުގެ ތައްޔާރީތައް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަތޮޅުތަކުގެ ސްކޫލުތަކުގައި މިދިޔަ އަހަރު ކިޔެވި ދަރިވަރުންގެ ތެރެއިން 1،530 ދަރިވަރަކު މާލޭގެ ސްކޫލްތަކަށް ބަދަލުވާން ހުށައަޅާފައިވާކަމަށެވެ.

މާލޭގެ ސްކޫލުތަކުން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރަކު ބަދަލުވާން ހުށަހަޅާފައިވެ އެވެ. މާލޭގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް މި އަހަރު އަލަށް 1،748 ދަރިވަރުން ވައްދާފައިވެ އެވެ. މީގެއިތުރުން މާލެއިން ހުޅުމާލެއަށް 836 ކުދިން ބަދަލުވެފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ ދިރާސީ އަހަރަށް ގްރޭޑް 1 އަށް 4790 ދަރިވަރުން ވައްދާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ ސްކޫލުތަކަށް ވެއްދި 1748 ދަރިވަރަކާއި އަތޮޅުތަކުން އަލަށް ގްރޭޑް އެކަކަށް ވެއްދި 3042 ދަރިވަރުންކަމަށް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް