އަމީން މިހެން ވިދާޅުވެފައިވަނީ އޭއައިސީސީން އެމްޓީއެސްބީއަށް ރަސްމީކޮށް ބަދަލުވުމާއި ގުޅިގެން ސޯސަލް މީޑިޔާ ކުރެއްވި ޓްވީޓެއްގައި އެވެ.
އޭނާގެ އެ ޓްވީޓުގައި ވިދާޅުވެފައި ވަނީ މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އެކު އެޅުން ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އެވެ.
މިކަމުގެ ސަބަބުން ދުނިޔޭގެ މިންގަނޑުތަކާ އެއްގޮތަށް އޭވިއޭޝަން އަދި ޓްރާންސްޕޯޓް ސޭފްޓީ އޮވަސައިޓް އަދި ތަހުގީގުތައް ހަރުދަނާކުރެވިގެން ދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"ގެ ނަމުގައި އިދާރާއެއް އުފެއްދެވީ 9 އޭޕްރިލް 2025ގައެވެ.
އެ އިދާރާއަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ.
މިނިސްޓަރު އަމީން ވަނީ، ބޯޑުގެ މެންބަރުންނާއި އަދި އިސްފަރާތްތަކާއި ބައްދަލުކުރައްވާ، ބޯޑުގެ މަސައްކަތްތަކާއި މި ދާއިރާ ހަރުދަނާ ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.