މިއީ2024 ވަނަ އަހަރާ އަޅާ ބަލާއިރު 7 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ އެއާޕޯޓުން ބުނެފި އެވެ.
މިދިޔަ އަހަރު ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން 5.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ. މީގެ އިތުރުން ސީޕްލޭން ޓާމިނަލުން 1.7 މިލިއަން ފަސިންޖަރުން އަދި ޑޮމެސްޓިކް ޓާމިނަލުން 1.1 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ.
މިދިޔަ އަހަރު ވީއައިއޭގައި 249.214 އެއާ ޓްރެފިކް މޫވްމެންޓް ރެކޯޑް ކުރެވިފައިވެ އެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 8 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ވީއައިއޭގައި ޖުމްލަ 249،214 އެއާ ޓްރެފިކް މޫވްމަންޓު ރެކޯޑު ކޮށްފައިވެ އެވެ. މިއީ2024 ވަނަ އަހަރާ އަޅާ ބަލާއިރު 8 ޕަސެންޓް އިތުރު އަދަދެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނިމުނު އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވައި، ބޭނުން ކުރަން ފެށީ، މިނިވަން ދުވަސް ކަމަށްވާ ޖުލައި 26ގަ އެވެ. އެފަހުން އެ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުން ކުރަން ފެށީ މިމަހުގެ 11ގައެވެ.
އެމްއޭސީއެލް އިން މިހާރު ބޭނުން ކުރަން ފަށާފައިވާ އާ ޓާމިނަލްއާއިއެކު މި އަދަދުތައް މި އަހަރު ނިމޭއިރު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ހުރިހާ އެއާލައިނެއްގެ ހިދުމަތް ގާތްގަނޑަކަށް އާ ޓާމިނަލަށް ބަދަލުވި އިރު، މިއީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އަންނަމުންދާ ދުވަސްވަރެވެ.