ads
ހުޅުމާލޭގައި ރޯދަ ހަދިޔާ ބެހުމަށް ފަސޭހަވާނެ އިންތިޒާމްތައް އެޗްޑީސީއިން ހަމަޖައްސައިދެނީ
ރޯދަ ހަދިޔާ ބެހުމަށް ފަސޭހަވާނެ އިންތިޒާމްތައް އެޗްޑީސީއިން ހަމަޖައްސައިދެނީ
ކުރިއަށް އޮތް ރޯދަމަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭން ނިންމާފައިވާ މަސްދަޅު ކޭސް ބެހުން ފަސޭހަކުރުމުގެ އިންތިޒާމުތައް ހުޅުމާލޭގައި ހަމަޖެއްސުމުގެ މަސައްކަތް އެޗްޑީސީން ކުރަން ފަށައިފި އެވެ.
Advertisement

އެޗްޑީސީއިން ބުނީ ރަމަޟާން މަހާއި ދިމާކޮށް ރައްޔިތުންނަށް ރޯދަ ހަދިޔާ ބެހުމަށް ސަރުކާރުން ހަމަޖައްސަވާފައިވާއިރު، އެކަމަށް އެއްބާރުލުންދީ، ހުޅުމާލޭގައި ހަދިޔާ ބެހުމަށް ފަސޭހަވާނޭހެން އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް އެޗްޑީސީގެ ޓީމުން ދަނީ ކުރަމުން ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހު 24 ގައެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. ރަށްރަށާއި ސިޓީތަކުގައި ރޯދަ ހަދިޔާ ދޫކުރުމުގައި ބަލާނީ ވަކިން ކައްކައި ކައިބޮއި ހަދާ ކޮންމެ ދިވެހި އާއިލާއަކަށެވެ. މާލެ ސަރަހައްދުގައި ނަމަ ކޮންމެ ޑޮމެސްޓިކް ކަރަންޓު މީޓަރެއް ބަލާނީ ވަކި ގޭބިސީއެއްގެ ގޮތުގަ އެވެ.

މި އަހަރުގެ ރޯދަމަހު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލޭގައި މަސްދަޅު ކޭސް ދޫކުރާ ސަރަހައްދުތައް

  • އުމަރު ޒާހިރު ބިލްޑިން
  • ޕޮލްކޯ ޓަވަރުގެ ތިރި
  • މުހައްމަދު ގާސިމް ޕްރީ ސްކޫލް
  • ކާމިލް ދީދީ ސްކޫލް
  • ހިޔާ ޓަވަރު 10
  • ވިނަރެސް ފްލެޓް

ރޯދަ ހަދިޔާ ޕޯޓަލް'' roadhahadhiya.mv މެދުވެރިކޮށް މިހާރުވެސް ނަންބަރު ނެގޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. މިއަދު ފަށާ ގޮތަށް ރޯދަ ހަދިޔާ ބެހުމުގެ މި ހަރަކާތް ފެބްރުއަރީ 11 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް