ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ރޯދައަށް ހާއްސަކޮށް އެ ވުޒާރާއިން ބާއްވަން ހަމަޖެހިފައިވާ ކެއްކުމުގެ މުބާރާތުގައި މި ހަފުތާގެ ބުދަ ދުވަހުގެ ކުރިން ބައިވެރިވެވޭނެ ކަމަށެވެ.
ހެރިޓޭޖް މިނިސްޓްރީން ވަނީ އެކަމަށް ހާއްސަ ޕޯޓަލެއް ވެސް ތައާރަފުކޮށްފަ އެވެ.
އެ މުބާރާތަށް އިންސާފުކުރަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ ނަމްބަރު، 7699595 އަށް ގުޅަން ވަނީ އެދިފަ އެވެ.