ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން 12 ރަށަކަށް ޖެންސެޓުތައް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަކަން ސްޓެލްކޯއިން ހާމަކުރީ މިދިޔަ ހޯމަ ދުވަހެވެ.
އެ ކުންފުނިން ބުނީ އޭގެ ސަބަބުން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ.
ސްޓެލްކޯއިން ބުނީ، ރަށްރަށަށް ޖެންސެޓުތައް ފޯރުކޮށްދިނުމުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، އާންމުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާއި އިރުވައި މޫސުން ފެށޭ ދުވަސްވަރަކީ އާއްމު ގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސްވަރެކެވެ. އެހެންކަމުން މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކޮންމެ އަހަރަކު ވެސް ވަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.