މި ތަމްރީން ޕްރޮގްރާމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ހަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދާ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތާއި އެކުއަކަލްޗާގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.
އިއްޔެ ކ. މަނިޔަފުށި ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ފެށި މި ކޯސް އަންނަ މަހުގެ 5 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 10 މީހަކު ބައިވެރިވެ އެވެ.
މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 64 ބައިވެރިން ބޭސިކް މެރިކަލްޗާ ކޯހުގައި ތަމްރީނު ފުރިހަމަކޮށްފައިވެ އެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަގުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗާގެ (މެރިކަލްޗާގެ) ސިނާއަތެއް ރާއްޖޭގައި ގާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗާ ދާއިރާއިން މީހުން ބިނާކުރުމެވެ.