ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖަނަވަރީ މަހު ރާއްޖެއަށް ވަނީ 224,788 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހަށްވުރެ ގާތްގަނޑަކަށް ފަސް އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖަނަވަރީމަހު ރާއްޖެއަށް އައިސްފައިވަނީ 214,863 ފަތުރުވެރިންނެވެ.
މީގެ ކުރިން އެއްމަސްދުވަސްތެރޭ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ ޑިސެންބަރުމަހުއެވެ. އެމަހު ރާއްޖެއަށް އައިސްފައިވަނީ 224،455 ފަތުރުވެރިންނެވެ.
ޖަނަވަރީމަހު އެއްދުވަހެއްގެތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު 9،596 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,251 ފަތުރުވެރިން ރާއްޖެއެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމުގައިވީ ނަމަވެސް، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.