ads
އިންތިހާބެެއްގައި ވޯޓްލަނީ
ކައުންސިލް އިންތިހާބު: 6 ސިޔާސީ ޕާޓީއަކުން 1210، އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރޭ
އަންނަ އޭޕްރިލްމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑޭޓުން ވާދަކުރާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

ިލެކްޝަންސް ކޮމިޝަނުން ބުނީ ވަގުތު ހަމަވިއިރު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން 1،936 މީހުން ފޯމު ހުށައެޅިކަމަށެވެ. އެހެންނަމަވެސް އޭގެތެރެއިން އިންތިހާބަށް ޝަރުތު ހަމަވީ 1،610 މީހުންކަމަށް އީސީން ބުނެއެވެ.

އީސީން ބުނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑެޓުން ވާދަކުރާކަމަށެވެ. އަދި އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރާކަމަށް އީސީން ބުނެއެވެ. ސީޔާސީ ޕާޓީތަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީއެންސީއިންނެވެ.

ލޯކަލް ކައުނސިލް އިންތިހާބުގައި ވާދަކުރާ ޕާޓީތަކާއި ކެންޑިޑޭޓުންގެ އަދަދު

  • ޕީއެންސީ 665 ކެންޑިޑޭޓުން
  • އެމްޑީޕީ 495 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ 8 ކެންޑިޑޭޓުން
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް 31 ކެންޑިޑޭޓުން
  • ދަ ޑިމޮކްރެޓްސް 8 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ 3 ކެންޑިޑޭޓުން

އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި 5 ސިޔާސީ ޕާޓީއަކުން 1116 މީހުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަނީ 267 ކެންޑިޑޭޓުން ނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް

  • ޕީއެންސީ 658 ކެންޑިޑޭޓުން
  • އެމްޑީޕީ 417 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ 7 ކެންޑިޑޭޓުން
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް 28 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ 6 ކެންޑިޑޭޓުން

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް