އެމްޓީސީސީން ބުނީ ހދ. ކުޅުދުއްފުށި ސިޓީގައި ބާއްވާ ވޯކިން އިންޓަވިއު އޮންނާނީ މިމަހުގެ 7 ވާ ހޮނިހިރު ދުވަހުކަމަށެވެ. މި އިންޓަވިއުތައް ކުރިޔަށްދާނީ އެދުވަހު ހެނދުނު 10:00 އިން ހަވީރު 16:00 އަށްކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ. އިންޓަވިއުތައް އޮންނާނީ ކުޅުދުއްފުށި ސިޓީ އާރުޓީއެލް ފެރީ ޓާމިނަލްގައިކަމަށް އެ ކުންފުނިން ބުނެއެވެ.
މީހުން ހޯދާ މަގާމުތައް
އެމްޓީސީސީން ބުނީ މި އިންޓަވިއުތަކުގެ މައިގަނޑު މަގުސަދަކީ، ހދ. ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީގައި ވަޒީފާ ބޭނުންވާ މީހުންގެ ޕޫލެއް އެކުލަވާލުންކަމަށެވެ.